އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ބައު ޖަމާލުއްދީނުގެ އިމާރާތުން ބައެއް މަރާމާތުކުރުމާބެހޭ

އިޢުލާން

ބައު ޖަމާލުއްދީނުގެ އިމާރާތުން ބައެއް މަރާމާތުކުރުމާބެހޭ:

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި، މިކޮމިޝަނަށް ލިބިފައިވާ ބައު ޖަމާލުއްދީނުގެ އިރުމަތީފަރާތުގެ 16 ކްލާސްރޫމް (ގްރައުންޑް، 1 ވަނަ، 2 ވަނަ، 3 ވަނަ ފަންގިފިލާ) ހޯލް އަދި ކޮމްޕައުންޑް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

ތަން: ބައު ޖަމާލުއްދީން

ތަން: އިލެކްޝަންސް ކޮމިޝަނަށް

ގަޑި: 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 14:00

ގަޑި: 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 14:00

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތާވަލުގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަންޖެހިއްޖެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

13 ޝައްވާލް 1437

18 ޖުލައި 2016
ހޯދާ