މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މޮނިޓަރިންގ އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މަޤާމު:     މޮނިޓަރިންގ އެސިސްޓެންޓް

ގްރޭޑް :    1

ސެކްޝަން:  ލީގަލް އެފެއާޒް މޮނިޓަރިންގ އެންޑް ލައިސަންސިންގ

ޑިޕާޓްމަންޓް: ލީގަލް އެފެއާޒް، މޮނިޓަރިންގ އެންޑް ލައިސަންސިންގ

އަދަދު: 1

މުސާރަ: މަހަކު -/4700 ރ

ލިވިންގް އެލަވަންސް:  މަހަކު  -/3,000 ރ

އިތުރު އިނާޔަތްތައް: 

  • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު

  • ހަޔަރ ސެކަންޑަރީ ސެޓުފިކެޓު އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ މިދާއިރާގައި 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

  •  މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން

  • ވަޒީފާއާބެހޭ ޤާނޫނު އަދި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދު ރަނގަޅަށް ދަންނަ ފަރާތަކަށް ވުން،

  • ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތުކުރަން އެނގުން،

  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގިކަމާއެކު މަސައްކަތްކުރެވޭ އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ލައިސަންސް ލިބިގެން ބްރޯޑްކާސްޓް އަދި ރީ ބްރޯޑްކާސްޓް ކުރަމުންދާ ފަރާތްތަކުން ފޮނުވަމުންދާ ކޮންޓެންޓް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުން ބެލުން،

  • މޮނިޓަރ ކުރަމުންގެންދާ ކޮންޓެންޓްގައި ކޮމިޝަންގެ ޤާނޫނާއި، ގަވާއިދުތަކާއި ޚިލާފުކަމެއް ފެނިއްޖެނަމަ އެކަމާބެހޭ މަޢުލޫމާތު ޑިޕާޓުމަންޓުން ކަނޑައަޅާ ވެރިޔަކަށް ލިޔުމުން ފޯރުކޮށްދިނުން،

  • ޑިޕާޓްމަންޓްގެ މައްސަލަތައް ބަލާ ފަރާތްތަކަށް އެ ވަގުތަކަށް ބޭނުންވާ މައްސަލަތަކާބެހޭ ވީޑިއޯ ނުވަތަ އޯޑިއޯ ކަނޑައެޅޭ އުސޫލަކުން ފޯރުކޮށްދިނުން

  • މޮނިޓަރިންގ ސިސްޓަމްގެ ލޮގު ބެލެހެއްޓުމާއި، އެހެނިހެން ކަންކަން ޑިޕާޓްމަންޓުން ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދިއުން

  • ކޮމިޝަނަށް ހުށަހެޅޭ ޝަކުވާއާ ގުޅިގެން މޮނިޓަރިންގ ސިސްޓަމުން ރެކޯޑުކުރެވިފައިވާ ކޮންޓެންޓް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މޮނިޓަރިންގ އޮފިސަރުގެ ލަފައާއެކު ހޯދައި ކަމާބެހޭ ސެކްޝަން ލިޔުމުން ހަވާލުކުރުން

  • ކޮމިޝަނުން ބާއްވާ އެކި އިވެންޓްތަކުގައި ފަންނީ އެހީތެރިކަން ފޯރުވައި ދިނުމާއި އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން

  • ކޮމިޝަންގެ އެންމެހައި މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ލަފާ އަދި އެހީތެރިކަން ފޯރުވައި ދިނުން

ހުށަހަޅަންޖެހޭ ތަކެތި:
  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)

  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު

  • މަސައްކަތުގެ ތަޖުރިބާ

  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

އިންޓަވިއު ކުރުން:

މި މަގާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334317 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓު: މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އީމެއިލް ގެ ޒަރީޢާއިން ފޮނުވާ އެޕްލިކޭޝަން ބަލައެއްނުގަނެވޭނެއެވެ.

13 ޝައްވާލް 1437

18 ޖުލައި 2016
ހޯދާ