ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިން މިއޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން

ރޭންކް

އީ.އެކްސް 1

ކްލެސިފިކޭޝަން

ޑިރެކްޓަރ

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް

މުސާރައިގެ %35

އިތުރުގަޑި

ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ އެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު

  1. އޮތޯރިޓީގެ އެހެން ޑިޕާޓްމަންޓްތަކަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތައް ފޯރުކޮށްދިނުން.
  2. އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ކުރާ ހުރިހާ މަސައްކަތްތަކުގެ އެސް.އޯ.ޕީ ތައްޔާރުކޮށް މި ޕްރޮސީޖަރއާ އެއްގޮތަށް ހުރިހާ މުވައްޒަފުންވެސް ޢަމަލުކުރޭތޯ ބެލުން.
  3. އޮތޯރިޓީގެ ބަޖެޓާ ގުޅޭ މަސައްކަތްތައް ބެލެހެއްޓުން.
 

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް

އިންސްޕެކްޝަން

ރޭންކް

އީ.އެކްސް 1

ކްލެސިފިކޭޝަން

ޑިރެކްޓަރ

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް

މުސާރައިގެ %35

އިތުރުގަޑި

ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ އެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު

  1. ޑިޕާޓްމަންޓުގެ މަސައްކަތް ހަރުދަނާކަމާއި ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.
  2. އޮތޯރިޓީން ރާވައި ހިންގާ އިންސްޕެކްޝަންތަކަށް ބޭނުންވާ ނުވަތަ ދޭންޖެހޭ އިރުޝާދާއި ލަފާ ދިނުން.        
  3. ޑިޕާޓްމަންޓް ތަރައްޤީކޮށް އެކަމަށް ބޭނުންވާ އިރުޝާދު ދީ، ސިޔާސަތުތައް އެކުލަވާލުން.

 

މަޤާމު

ލީގަލް އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް

ލީގަލް އެންޑް ޑިސްޕިޔުޓް ރިޒޮލިޔުޝަން / އެވެއަރނަސްް

ރޭންކް

ސީ.އެސް.9-2 (ގްރޭޑް 2)

ކްލެސިފިކޭޝަން

ލީގަލް ސަރވިސް ޕްރޮފެޝަނަލް

މުސާރަ

މަހަކު -/10,020 ރުފިޔާ

ސާރވިސް އެލަވަންސް

މަހަކު -/5,640 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް

މުސާރައިގެ %35

އިތުރުގަޑި

ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުޠު

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު

  1. ވަޒީފާއާބެހޭ ޤާނޫނު ހިންގުމުގައި ބޭނުންވާނެ ގަވާއިދުތައް ހެދުން.
  2. ވަޒީފާގެ މާޙައުލާއި އަދި ވަޒީފާގެ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތައް ހެދުން.
  3. ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު މުޢާމަލާތްކުރާނެ އުސޫލުތައް އެކުލަވާލުން.
  4. އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތައް ބަލައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ކުރިއަށްގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި މައްސަލަތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި، މައްސަލަތައް ހަލުވިކަމާއެކު، ފުރިހަމައަށް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުން.
  5. އޮތޯރިޓީން ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގައި، ވަޒީފާއާބެހޭ ޤާނޫނާއި ގަވަައިދުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުން.
  6. ވަޒީފާއާބެހޭ ޤާނޫނާއި ގަވައިދުތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށާއި ގުޅާ ފަރާތްތަކަށް މަޢުލޫމާތު ދިނުން.

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

  (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު).

4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

  1. މަޤާމާ ގުޅޭ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު.
  3. ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

އިންޓަރވިއު:

މި މަޤާމުތަކަށް އިންޓަރވިއު ކުރުން އޮންނާނީ 10 ދުވަހުގެ ތެރޭގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަރވިއު އޮންނާނެ ދުވަހާއި ގަޑި މިއޮތޯރިޓީން އަންގާނެއެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3306197 ނުވަތަ 3306170 ނުވަތަ 3306176 މިއިން ފޯނު ނަންބަރަކަށް ގުޅުއްވުން އެދެމެވެ.

    އީމެއިލް އެޑްރެސް: [email protected]

13 ޝައްވާލް 1437

18 ޖުލައި 2016
ހޯދާ