ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން ގްރޭޑް 3

މަޤާމް :އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން ގްރޭޑް 3
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން ގްރޭޑް 3

މުސާރަ އާއި އެލަވަންސް:

މަހަކު -/8000 ރުފިޔާ

މަޤާމުގެ ރޭންކް:

TP 9

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އިންޖިނިއަރިންގ / އައިޓީ

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ނެޓްވާރކް އެޅުމާއި، ނެޓްވާރކް ސެކިއުރިޓީ ބެލެހެއްޓުމާއި، ނެޓްވާރކަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.

2. އައި.ސީ.ޓީ ސިސްޓަމްސްއާއި ޕެރިފެރަލްސް އިންސްޓޯލްކޮށް ކޮންފިގަރކުރުމާއި، އެ ތަކެތި މެއިންޓެއިން ކުރުން.

3. ބިއުރޯތަކަށާއި މީޑިއާ ސެންޓަރުތަކަށް އައި.ސީ.ޓީ ސަޕޯޓް ދިނުން.

4. ސިސްޓަމްތަކާއި، ނެޓްވާރކްގެ ސެކިއުރިޓީއާއި ވައިރަސް އެކްޓިވިޓީ ކޮންޓްރޯލްކުރުން.

5. އެސް.އެމް.އެސް ކީވާރޑް ހަދައިދިނުމާއި، އެ ޕޯޓަލް ބެލެހެއްޓުން.

6. އެކްސެސް ކޮންޓްރޯލް ސިސްޓަމްސް، އެޓެންޑަންސް ސިސްޓަމް ބެލެހެއްޓުމާއި، ކާޑު އިޝޫކުރުން.

7. ޕީ.އޭ.ބީ.އެކްސް. އާއި މިނޫންވެސް ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ބެލެހެއްޓުމާއި، މުވާސަލާތީ ޚިދުމަތް ދިނުން.

8. އައި.ސީ.ޓީ ނެޓްވާރކް ޑައިގްރާމާއި އިންވެންޓްރީ ފަދަ ތަކެތި ބެލެހެއްޓުން.

9. އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ބަލައި، ސްޓެޓިސްޓިކްސް ނެގުން.

10. އައި.ސީ.ޓީ އިންފްރާސްޓްރިކްޗަރއަށް ޑައުންޓައިމްއެއް އަޔަނުދީ، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.

11. އައި.ސީ.ޓީ ޕޮލިސީ އެންޑް ޕްރޮސީޖަރއާ އެއްގޮތަށް މަސައްކަތްކުރުން.

12. އައި.ސީ.ޓީ ސާވާރ ރޫމުގެ ސެކިއުރިޓީއާއި، ސާވާރ އެންވައިރޯންމެންޓް ރަނގަޅަށް ބެލެހެއްޓުން.

13. ސާވާރއާއި ސްޓޯރޭޖް އިންސްޓޯލްކުރުމާއި މެއިންޓެއިންކުރުމާއި، މިފަދަ ތަކެތީގެ ބެކަޕް ނެގުން.

14. ޔޫޒަރ އެކައުންޓްސްއާއި، ޔޫޒަރ ރައިޓްސްއާއި، މެއިލް އެކައުންޓަސް ހަދައިދީ، އެ ތަކެތި ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައްހުރި މިންވަރަށް ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސެޓުފިކެޓާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކުރައްވާފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.

- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖުލައި 31 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް، 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

12 ޝައްވާލް 1437

17 ޖުލައި 2016
ހޯދާ