މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :6

ތިރީގައި މިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު:

މަސައްކަތު

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު:

ސ. ހިތަދޫގައި މަސައްކަތްކުރުމަށް 2 (ދޭއް) މީހުން

ސ. ހުޅުމީދޫގައި މަސައްކަތް ކުރުމަށް 4 (ހަތަރެއް) މީހުން

ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް / ސ. ހިތަދޫ، ސ. ހުޅުމީދޫ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/3100ރ

- ސަރވިސް އެލަވަންސް: މަހަކު -/1000ރ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތާރު އަދި ގައު އަޅާފައިވާ މަގުތައް ފޮހެ ސާފުކުރުން.
  2. ބަނދަރުމަތީގެ ކުނި ނަގައި ވިނަ ނޮޅައި ސާފުކުރުން.
  3. ބޯޅަ ދަނޑުތަކާއި ކުޅިވަރު ކުޅޭ ބިންތަކާއި ޕާރކް ފަދަ ތަންތަން ވިނަ ދިގުވިޔަނުދީ ކޮށައި ސާފުކުރުން.
  4. މަގަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކަނޑައި ސާފުކުރުން.
  5. މަގަށް ދަތިވާގޮތަށް ވެއްޓޭ ރުއްގަސް ނެގުމާއި މަގު ސާފުކުރުން.
  6. އޮފީހުން ބަލަހައްޓަންޖެހޭ މަގުތަކުގެ ވިނަ ނޮޅައި ސާފުކުރުން.
  7. ޤުދުރަތީ ހާދިސާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އަވަށު އޮފީހުން އަންގާ އެންގުންތަކަށް އިޖާބަދީ އެ ވަގުތު ކުރަންޖެހޭ ކަންކަން ކުރުން.
  8. މަގުބައްތި ދިއްލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  9. ބައްތި ދަނޑިތައް މަރާމާތުކުރުމުގެ މަސައްކަތް ކުރުން.
  10. ބައްތިތަކަށް އަޅަންޖެހޭ ކޭބަލް ކޯރުކޮނެގެން އެޅުމުގެ މަސައްކަތް ކުރުން.
  11. ބައްތިތަކުގެ ލައިޓްތައް ބަދަލުކުރުމާއި މަރާމާތުކުރުމުގެ މަސައްކަތް އިލެކްޓްރީޝިއަން އަންގާގޮތެއްގެ މަތިން ކުރުން.
  12. ބައްތި ދިއްލުމަށް މަތިންއަޅަންޖެހޭ ކޭބަލް އެޅުމުގެ މަސައްކަތް ކުރުން.
  13. ބައްތިތައް މަރާމާތުކުރުމުގެ މަސައްކަތް ބޭނުންކުރާ ހަރުގަނޑާއި ލިފްޓް އުފުލުމުގެ މަސައްކަތް ކުރުން.
  14. މީގެ އިތުރަށްވެސް މަސައްކަތާއި ގުޅޭގޮތުން އޮފީހުން އަންގާ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަވިއު.
  4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ،

  • މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.
  • އައްޑޫ ސިޓީގައިނަމަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް ސ. ހިތަދޫ އަދި ސ. ހުޅުމީދޫ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

-  މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 އޮގަސްޓު – ސެޕްޓެންބަރު މަހުގެ ތާރީޚެއްގައި އައްޑޫ ސިޓީގައެވެ.

-  އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ ( ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް).
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 ޝައްވާލް 1437

17 ޖުލައި 2016
ހޯދާ