އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސަގާފީ ކުޅިވަރު ހަރަކާތްތައް ހުށަހަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާނު

 

ސަގާފީ ކުޅިވަރު ހަރަކާތްތައް ހުށަހަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކޮމިޝަނުގެ އިދާރާގެ ނަންބަރު: 72(A)AB-2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ، އޮގަސްޓު 2 އިން 4 އަށް ބޭއްވުމަށް ހަޖެހިފައިވާ 7 ވަނަ ފެމްބޯސާ ބައްދަލުވުމުގެ އެކިއެކި ކަންކަމުގައި ސަގާފީ ކުޅިވަރު ހަރަކާތްތައް ހުށަހަޅައިދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 11:30

2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 11:30

ވީމާ، މި ހަރަކާތްތައް ކުރިއަށް ގެންގޮސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

12 ޝައްވާލް 1437

17 ޖުލައި 2016
ހޯދާ