ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޓެންޑެންސް މެޝިންތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް އެޓެންޑެންސް މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު:198-F/2016/53 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އަންދާސީހިސާބުތައް ބާޠިލުކުރުމަށްފަހު، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަމާބެހޭ މަޢުލޫމާތު ޝީޓު މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2016 ޖޫން 21 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006285 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 25 ވާ ހޯމަދުވަހުގެ 14:00 އަށް އަންދާސީހިސާބު މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

17 ޖުލައި 2016
ހޯދާ