ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޓެންޑެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެޓެންޑެންޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް: އެސް. އެސް. 2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

އެޑްމިނިސްޓްރޭޓިވް ޑިވިޜަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފ. ފީއަލީ ޞިއްޙީ މަރުކަޒު / ފ. ފީއަލި

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ޞިއްޙީ މަރުކަޒުގެ ވޯޑްތަކާއި، ފާޚާނާތަކާއި، ޑްރެސިންގަރޫމާއި، އިންޖެކްޝަން ރޫމާއި، އެހެނިހެން ކުލިނިކަލް އޭރިޔާތައް ސާފުކޮށް ބެލެހެއްޓުން.

2. ނަރުހުން އޯ.ޕީ.ޑީ އާއި ވޯޑްގައި މަސައްކަތްކުރާއިރު އެހީތެރިވުން.

3. ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންކުރެވޭ ތަކެތި ނަރުހުން އަންގާ ގޮތެއްގެ މަތިން ފަރުވާތެރިކަމާއެކު ޒިންމާދާރުގޮތެއްގައި ދޮވެ ސާފުތާހިރުކޮށް، ސްޓްރެލައިޒްކޮށް، އޮޓޯކްލޭވްކުރެވި، ދެވަނަފަހަރަށް ޚިދުމަތަށް ބޭނުންވާގޮތަށް ތަރުތީބުން ބެހެއްޓުން.

4. ވޯޑްގައި ބަލިމީހުން އެޑްމިޓްކޮށް ދޫކޮށްލުމުން ނުވަތަ މަރުވެއްޖެނަމަ ބޭނުންކުރި އެނދު ޑިޓޯލް ބޭނުންކޮށްގެން ސާފުކުރުމާއި، ވޯޑުގެ އެނދުގެ ފޮތިތައް ދޮވެ އިސްތިރިކުރުން.

5. ޚިދުމަތަށް ބޭނުންކުރާ ތަކެތި ތައްޔާރުކުރާއިރު ނަރުހުންނަށް އެހީތެރިވެދިނުން (ސްވޯބް، ގޯޒް، ޕެޑް)

6. ޞިއްޙީ މަރުކަޒުގައި އުފެދޭ ނުރައްކާތެރި ކުނި (އިންޖެކްޝަން، ސިރިންޖް، ވަޔަލްސް، އައިވީލައިންސް) ރައްކާތެރިގޮތުގައި އިންސިނިރޭޓްކޮށް، ނައްތައިލުން.

7. ޞިއްޙީ މަރުކަޒުގައި އެނދުމަތިކުރެވިފައިތިބޭ ބަލިމީހުންގެ ކަންތައްތައް ބެލެހެއްޓުމުގައި ނަރުހުންނަށް އެހީތެރިވުން.

8. ޕޯޓަރުންގޮތުގައި ބަލިމީހުން އުފުލުން.

9. ލޯންޑަރީ އެސިސްޓެންޓް ޗުއްޓީ ނަގައިފިނަމަ، އޭނާގެ މަސައްކަތްތަކުގެ ތެރެއިން މަރުކަޒުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

10. ވޯޑްތެރޭގައި މީހުން ގިނަވިޔަ ނުދިނުމާއި، ނުރަސްމީގަޑީގައި ފޯނުން ދިމާވާގޮތަށް ތިބުން.

11. ޞިއްޙީ މަރުކަޒުން އެކި މުނާސަބަތުގައި ރާވައި ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އުޅުން.

12. މީގެ އިތުރުންވެސް ޞިއްޙީ މަރުކަޒުން އަންގައިފި މަސައްކަތަކާ ހަވާލުވެ ކުރިޔަށް ގެންދިއުން.

ތަޢުލީމާއި ތަޖުރިބާ:

މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސް / ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއި، ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 ޖުލައި 25 ވަނަ ދުވަހުގެ 10:00  ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރުމަށްފަހު، ފ. ފީއަލީ ޞިއްޙީ މަރުކަޒަށް ހުށަހެޅުން.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

3 އޮގަސްޓު 2016 އިން ފެށިގެން 5 ދުވަހުގެ މުއްދަތަކަށް ފ. ފީއަލީ ޞިއްޙީ މަރުކަޒުގައެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  އިތުރު  މަޢުލޫމާތު  ސާފުކުރަން  ބޭނުންވާނަމަ،  މި  މަރުކަޒުގެ  7985001 ނަންބަރު  ފޯނަށް،  ނުވަތަ  7905168  ނަންބަރު  ފޯނަށް  ގުޅުން  އެދެމެވެ.  އީމެއިލް  އެޑްރެހަކީ، [email protected] އެވެ.

9 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ