ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލަށް، ވޭޖް ޢުޞޫލުން ރިލީފް ޓީޗަރުން ބޭނުންވެއްޖެއެވެ.

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 5 (ފަހެއް)

މަޤާމުގެ ގިންތި: ވަގުތީ

މުއްދަތު: 3 މަސްދުވަސް

އޮފީސް: ބުރުނީ ސްކޫލް

ސެކްޝަން: އެކަޑަމިކް

މަޤާމުގެ ޝަރުޠު:

1. ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން. ނުވަތަ؛

3. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކުރުން.

ރިލީފް ޓީޗަރުންގެ އުޖޫރަ:

މުވައްޒަފަށް އުޖޫރަ ދެވޭނީ، މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ އުޖޫރައެވެ.

ތަޢުލީމީ ފެންވަރު

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ،

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ،

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ،

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތު:

- ކިޔަވައިދިނުމަށް ރާވައި ކުރަންޖެހޭ އެންމެހައި ތައްޔާރީތައްކޮށް ކިޔަވައިދިނުމާއި، ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.

- އެއްވެސް ކުއްޖަކު ދޫކޮށްނުލައި ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށްގެންދަންޖެހޭ ކުދިންނަށް އެހީތެރިކަންދީގެން  ދަރިވަރުން މުޤައްރަރުގެ ފެންވަރަށް ގެނައުން.

- ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސުކޫލުން އަންގަވާ ގޮތެއްގެ މަތީން ގެނައުމާއި، ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.

- ކިޔަވައިދިނުމުގެ އިތުރުން، ފަންނީ މުވައްޒަފެއްގެ ހައިސިއްޔަތުން ސްކޫލަށް އެއްބާރުލުންދިނުން.

- ސްކޫލުން އަންގަވާ މުއްދަތެއްގެ ތެރޭގައި ސްކީމް އޮފް ވާރކާއި ފިލާވަޅުތަކާއި ޓެސްޓު ޕޭޕަރުތައް ތައްޔާރުކޮށް، އިމްތިޙާނުތައް ހިންގައި ޕޭޕަރތައް މާރކުކޮށް، މާރކްސް ޝީޓްތަކާއި ރިޕޯޓް ފޮތްތައް ތައްޔާރުކުރުން.

- ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާ ގުޅޭގޮތުން ސްކޫލުން ކަނޑައަޅާފައިހުންނަ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތައްކޮށް، ކަނޑައަޅުއްވާ ސުންސިކުންތައް ނިންމުން.

- ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ބެލެނިވެރިންނާއި ސްކޫލުގެ ކަމާބެހޭ ފަރާތްތަކަށް އެންގުން.

- ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަޢުލީމީ ސިޔާސަތު ދެމެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (އެން.އައި.އީ އިން ކުރިއަށްގެންދެވި މަލްޓިގްރޭޑް ޓީޗންގގެ 3 މަސްދުވަހުގެ ކޯހަށް ކުރިމަތިލާފައިވާ ފަރާތްތަކާއި، ކީސްޓޭޖް 1 އާއި 2 ގެ ކަރިކިއުލަމް ވާރކް ޝޮޕް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 4 ދުވަހުގެ ތެރޭގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.

* ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ބުރުނީ ސްކޫލުގެ އޮފީހުގެ އެޑްމިން ބަޔަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 12:30 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާރކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 6780551 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

8 ޝައްވާލް 1437

13 ޖުލައި 2016
ހޯދާ