ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހއ. ހޯރަފުށީގައި ފުޓްސަލްދަނޑެއް އެޅުމާ ގުޅޭ:

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ހޯރަފުށީގައި ފުޓްސަލްދަނޑެއް ހެދުމުގެ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާއި، ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކޮށްދިނުމާއި ބިޑު ހުށަހަޅާ ފޯމު ދޫކުރުން

24 ޖުލައި 2016

އާދީއްތަ

11:00

ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި

04 އޮގަސްޓު 2016

ބުރާސްފަތި

11:00

އަންދާސީހިސާބު ހުށަހަޅާ ފޯމާ ހަވާލުވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހެޅުއްވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ޝައްވާލް 1437

11 ޖުލައި 2016
ހޯދާ