ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ތަށިމުށި ނައްޓައި ޖެހުމުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ތަށިމުށި ނައްޓައި ޖެހުމުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިމާރާތުގެ އެކި ލެވެލްތަކުގައި ނެއްޓިފައިވާ އަދި ބާވުމުން ބަދަލުކުރުމަށް ބޭނުންވާ ތަށިމުށީގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 19 ވަނަ ދުވަހުގެ 13:00 އަށް މި ފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 25 ވަނަ ދުވަހުގެ 13:00 އަށް މި ފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

8 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ