ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.އަތޮޅުގެ ފަޅުރަށްތައް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހދ. އަތޮޅުގެ ފަޅުރަށްތައް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

ހދ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މި އަތޮޅު ފަޅުރަށްތަކުގެ ތެރެއިން ތިރީގައިމިވާ ރަށްތައް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ.

#

ރަށް

ހެކްޓަރު

1

ހދ. ކޭލަކުނު

80.23

2

ފެންބޯހުރާ

6.8

3

ކަނަމަނަ

2.5

ވީމާ، މި ރަށްތައް ބެލެހެއްޓުމަށް އެދޭ ފަރާތްތަކުން، 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 11:00 އަށް އަތޮޅު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ މިފަދަ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ގަވާއިދުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތެއްގެ ސިޓީއާއެކު ހުށަހެޅުމުން ޤަބޫލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނެވުން އެދެމެވެ.

07 ޝައްވާލް 1437

12 ޖުލައި 2016
ހޯދާ