މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޢިމާރާތަށް ބައެއް އިތުރުކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކޯޓުގެ ޢިމާރާތާ ގުޅުވާއިގެން ޢިމާރާތަށް ބައެއް އިތުރުކޮށް، މަރާމާތުކުރަން ބޭނުންވެއްޖެއެވެ. ވީމާ، މިދަންނަވާ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 01 ވާ ހޯމަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ފްރީބިޑް މީޓިންގ އޮންނާނީ 2016 ޖުލައި 21 ވާ ބުރަސްފަތި ދުވަހުގެ 13:30 ގައި މި ކޯޓުގައެވެ.

ކަނޑައެޅިފައިވާ ވަގުތު ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

1- ވަޅު ރޭނުމުގެ މަސައްކަތް

2- ކޮންރީޓް ކުރުމުގެ މަސައްކަތް (ތަނބު ޖެހުމާއި ފައުންޑޭޝަން އެޅުން)

3- ރޭނުމައި ސިމެންތި ޖެހުމުގެ މަސައްކަތް.

4- ހިޔާކުރުމާއި ސީލިންގ މަސައްކަތް.

5- ތަޅުން އެޅުމައި މުށި ޖެހުމުގެ މަސައްކަތް.

6- ދޮރާއި ދޮފަތް ހަރުކުރުމުގެ މަސައްކަތް.

7- ކުލައާއި ދަވާދުލުމުގެ މަސައްކަތް.

8- ފެންވައިރާއި އިލެކްޓްރިކް ވައިރުގެ މަސައްކަތް.

07 ޝައްވާލް 1437

12 ޖުލައި 2016
ހޯދާ