މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންޓާރންޝިޕް ހެދުމާބެހޭ

އިޢުލާން

ބޭރު ޤައުމުތަކުގައި އެމް.ބީ.ބީ.އެސް ކިޔެވުމަށްފަހު އިންޓަރންޝިޕް ހެދުމާބެހޭ

ރާއްޖެއިން ބޭރުގެ ބައެއް ޔުނިވަރސިޓީތަކުގައި މެޑިސިން ކޯސް ފުރިހަމަ ކުރަމުންދާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ބަނގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (ބީ.އެމް.ޑީ.ސީ) މެދުވެރިކޮށް އެ ޤައުމުގެ ޔުނިވަރސިޓީތަކުން ހޯދުމާއި ގުޅޭގޮތުން ދަންނަވަމެވެ.   

ބަނގްލަދޭޝްގައި އިންޓަރންޝިޕް ހެދުމަށް އެދޭ ފަރާތްތަކުން އެމް.ބީ.ބީ.އެސް ހެދުމުންދޭ ޑިގްރީ ހުށަހަޅަންޖެހޭނެ ކަމަށާއި މި ލިޔުން ނެތި އިންޓަރންޝިޕް ހަމަނުޖެހޭނެކަން ބަނގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (ބީ.އެމް.ޑީ.ސީ) އިން ވަނީ މި މިނިސްޓްރީއަށް އަންގަވާފައެވެ. ވީމާ، ބަނގްލަދޭޝްގައި އިންޓަރންޝިޕް ހަދަން އެދޭ ދިވެހި ދަރިވަރުން އެކަމަށް އެދި މި މިނިސްޓްރީއަށް ހުށަހަޅުއްވާނީ މި ލިޔުންތަކާއެކު ކަމުގައި ދެންނެވީމެވެ.  

14 ޖުލައި 2016
ހޯދާ