ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުފާރު ތަޅާލައި ޕާކިންގޒޯނަކާއި، ބެލެނިވެރިން މަޑުކޮށްލުމަށް ހިޔާއެއް ހެދުމަށް

އިޢުލާން 

ކައުންސިލް އިދާރާގެ ހުޅަނގުފަރާތު މަގުފާރު ތަޅާލައި ޕާކިންގޒޯނަކާއި، ބެލެނިވެރިން މަޑުކޮށްލުމަށް ހިޔާއެއް ހެދުން 

މިއިދާރާގެ ހުޅަނގުފަރާތު މަގުފާރު ތަޅާލައި ޕާކިންގޒޯނަކާއި، ބެލެނިވެރިން މަޑުކޮށްލުމަށް ހިޔާއެއް ހެދުމަށް ބޭނުންވެއްޖެއެވެ. 

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ވަޑައިގެންނެވި ކަމުގެ ސިޓީ ގެންނެވުން އެދެމެވެ. ބިޑު އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު ތިރީގައި މިދަންނަވަނީއެވެ.

މަސައްކަތުގެ އަގަށް  75 ޕޮއިންޓް

މާލީ ތަނަވަސްކަމަށް 10 ޕޮއިންޓް

ފަންނީ ޤާބިލުކަމަށް 10 ޕޮއިންޓް

މުއްދަތަށް 05 ޕޮއިންޓް

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް ޕޮއިންޓްދެވޭނީ އެކަން ކަށަވަރުކޮށްދޭ ލިޔުން ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

11 ޖުލައި 2016
ހޯދާ