މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ ދެ އިމާރާތެއްގައި ފަޔަރ ޑިޓެކްޝަން އަދި އެލާމް ސިސްޓަމެއް ފަރުމާކޮށް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެމް.އޭ.ސީ.އެލްގެ ދެ އިމާރާތެއްގައި ފަޔަރ ޑިޓެކްޝަން އަދި އެލާމް ސިސްޓަމެއް ފަރުމާކޮށް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަށް މި ކުންފުނިން ދޭ ކުރެހުންތަކާއި މިންގަނޑާ އެއްގޮތަށް ފަޔަރ ޑިޓެކްޝަން އަދި އެލާމް ސިސްޓަމެއް ފަރުމާކޮށް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 21  ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން ސިޓީއަކުން, ފެކްސްްއަކުން ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ޝައުޤުވެރިވެލައްވާކަން ފާޅުކުރެއްވުން އެދެމެވެ. މިގޮތަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތައް ރަޖިސްޓަރީކޮށް، އިނގިރޭސި ބަހުން ތައްޔާރުކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

ރަޖިސްޓްރީ ވެފައިވާ ޕާޓީތަކުގެ ތެރެއިން އިތުރަށް ކުރިއަށް ވަޑައިގަންނަވަން ބޭނުންވާ ފަރާތްތައް ކޮންމެހެން ހާޒިރުވާންޖެހޭ ޕްރިބިޑް ބައްދަލުވުމަކާއި ސައިޓް ވިޒިިޓެއް 31 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30ގައި މި ކުންފުނީގެ އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި އެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓް 18 ވާ ބުރާސްފަތި ދުވަހުގެ ހެދުނުު 11:30 ގައި، މި ކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މި ކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ބީލަން އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337266/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ،  ވެބްސައިޓް www.macl.aero އަށެވެ.

14 ޖުލައި 2016
ހޯދާ