ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑްރައިވަރެއް ބޭނުންވެއްޖެ

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ކުންފުނީގެ ނަންބަރު 60-އޭޑީއެމް/163/2016 އިޢުލާނަށް އެކަށީގެންވާ ކެންޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:   ޑްރައިވަރ ގރ.3

އަދަދު:   1

މުސާރަ:  މަހަކު -/5000ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން: ޓްރާންސްޕޯޓް / ޑެލިވަރީ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ.  

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ވެހިކަލްގައި ކުރަންޖެހޭ ދަތުރު ކުންފުނިން އަންގާ ގޮތެއްގެ މަތިން ކުރުން

* ކުންފުނިން ހަވާލުކޮށްފައިވާ ވެހިކަލަކަށް ގެއްލުމެއް ލިބި ނުވަތަ މަރާމާތު ކުރަން ދިމާވެއްޖެނަމަ، ސުޕަރވައިޒަރަށް އެންގުމާއި އަދި ހަމަޖެހިފައިވާ ގޮތުގެ މަތިން އެ އުޅަނދު މަރާމާތުކުރުމުގެ ކަންކަން ކުރުން.

* ހަވާލުކުރެވިފައިވާ އުޅަނދު ފޮޅައި ސާފުކޮށް ބެލެހެއްޓުން.

* ހަވާލުކޮށްފައިވާ ވެހިކަލްގެ މެއިންޓެނަންސް ބެލެހެއްޓުން.

* ވެހިކަލް ދުއްވުމަށް ހަމަޖެހިފައިވާ ގާނޫނާ ގަވާއިދުން ވެހިކަލް ދުއްވުމާއި، އަދި ޕާކުކުރުން

ތަޢުލީމާއި ތަޖުރިބާ:

* ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި ބަހާއި އިނގިރޭސި ބަސް ލިޔަންކިޔަން އެނގުން.

*V1, C0, C2, C1, B2, B1  އަދި  C1, E  ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް އޮތުން

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަު ރަނގަޅު މީހެއް ކަމުގައިވުން

* މަޤާމާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ އިސްކަން ދެވޭނެއެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 21 ވާ ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯ ހެޑް އޮފީހުގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.                                                           

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272     ފެކްސް: 3344041   

13 ޖުލައި 2016
ހޯދާ