މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސެކިޔުރިޓީ ގާޑެއް ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ސެކިޔުރިޓީ ގާޑް

މުސާރަ:

އަސާސީ މުސާރަ   -/3870 ރުފިޔާ

ޑެއިލީ އެލަވަންސް   -/2580 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: އިންވެސްޓްމަންޓް

ބޭނުންވާ އަދަދު: 2

ޝަރުޠު:

  • މާލެއިން ބޭރުގައި (ލ. ބަރެސްދޫގައި) މަސައްކަތްކުރުން.
  • އަސާސީ ތަޢުލީމު ހާސިލުކޮށްފައިވުން.
  • ރަށުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއި ގުޅިގެން އުޅުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި، މަސައްކަތްތައް ފަރުވާތެރި މީހެއް ކަމުގައިވުން.
  • ކަންތައްތަކަށް އިސްނަގައިގެން ޝަޢުޤްވެރިކަމާއެކު މަސައްކަތްކުރުމާއި މަސައްކަތުގެ މާޙައުލަށް އަންނަ ބަދަލުތައް ގަބޫލުކުރެވޭ މީހެއްކަމުގައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް. ފެކްސް އިންނަމަ 3323229 ނުވަތަ އީމެއިލް ކުރުއްވާނީ [email protected] އަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ލިޔުން (ސިޓީ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އިތުރު މަޢްލޫމާތު:

މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެމަތީ 5 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓުކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

-  އަތޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  9 ޝައްވާލް 1437

 

13 ޖުލައި 2016
ހޯދާ