ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ދަ އިންޓަރނޭޝަނަލް ސަމާ ފެސްޓިވަލް ފޮރ ސްޕްރިޗިއަލް މިއުޒިކް އެންޑް ޗާންޓިންގގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

"ދަ އިންޓަރނޭޝަނަލް ސަމާ ފެސްޓިވަލް ފޮރ ސްޕްރިޗިއަލް މިއުޒިކް އެންޑް ޗާންޓިންގ" ގައި ބައިވެރިވުމުގެ ފުރުޞަތު

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރ އިން އިންތިޒާމުކުރައްވައިގެން މިއަހަރުގެ ސެޕްޓެންބަރު މަހުގެ 20 ން 27 އަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދަ އިންޓަރނޭޝަނަލް ސަމާ ފެސްޓިވަލް ފޮރ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިންގ" ގައި ބައިވެރވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.

އެ ގޮތުން މި ފެސްޓިވަލުގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެންބަރުންގެ މައްޗައް އެކުލެވޭ ޓްރޫޕަކަށެވެ. މި ޓްރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް، ދަތުރު ޚަރަދު ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ އަމިއްލައަށެވެ. އަދި މި ފެސްޓިވަލްގައި ބޭނުންކުރެވޭނީ ސަގާފީ ހެދުމާއި ސަގާފީ އިންސްޓްރޫމަންޓްސްއެވެ.

ވީމާ، މި ފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 19 ޖުލައި 2016 ކުރިން މި ސެންޓަރަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމު މި ސެންޓަރުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3343832 ނަންބަރު ފޯނަށެވެ.

05 ޝައްވާލް 1437

12 ޖުލައި 2016
ހޯދާ