ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސާޗް އެސިސްޓެންޓަކު ހޯދުން

މަޤާމް :ރިސާޗު އެސިސްޓެންޓް
ބޭނުންވާ އަދަދު :1

އިޢުލާން

ރިސާޗް އެސިސްޓެންޓަކު ހޯދުން

ބަސް އުނގެނުމުގެ ދާއިރާއިން، ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރުން ހަދަމުންގެންދާ ރިސާޗްގައި، މަސައްކަތްކުރާނެ ރިސާޗް އެސިސްޓެންޓަކު ބޭނުންވެއެވެ.

މުސާރަ:

މަހަކު -/6000 ރުފިޔާއާއި -/7000 ރުފިޔާއާ ދެމެދު

ބޭނުންވާ އަދަދު:

01

ޝަރުޠު:

ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލް އާއި ވާޑް ޕްރޮގްރާމަށް އަހުލުވެރިވުން)

- އެސް.ޕީ.އެސް.އެސް އަށް އަހުލުވެރިވެފައިވާ އަދި މިފަދަ މަސައްކަތްތަކުގެ ތަޖުރިބާ ހުރުން.

- މީގެ އިތުރުން އޭ-ލެވެލް ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މަސައްކަތް:

ރިސާޗްގެ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސިބަހުންނާއި ދިވެހިބަހުން)

ރިސާޗާ ގުޅޭ އިދާރީ މަސައްކަތް ކުރުން

މަސައްކަތްކުރަން ޖެހޭ މުއްދަތު:

1 އޮގަސްޓު 2016 ން 01 މާރިޗު 2017 އަށް (8 މަސްދުވަސް)

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 6 ގަޑިއިރު

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

- މަސައްކަތުގެ ދާއިރާގެ ސެޓުފިކެޓުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު)

- މަސައްކަތުގެ ތަޖުރިބާގެ ލިޔުން

- ވަނަވަރު (ސީވީ ގުޅޭނެ ފޯނު ނަންބަރާއެކު)

ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345176 ނަންބަރާ ގުޅުއްވުން އެދެމެވެ.

06 ޝައްވާލް 1437

11 ޖުލައި 2016
ހޯދާ