ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ފާޚާނާތަކެއް ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ފާޚާނާތަކެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި ޑިޕާޓްމަންޓުގު ބެލުމުގެ ދަށުގައިވާ މ.ގޯލްޑަންސަންބީމުގައި އަމިއްލަ ތަކެތީގައި 3 ފާޚާނަ ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަވެފައިނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ.

07 ޝައްވާލް 1437

12 ޖުލައި 2016
ހޯދާ