މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ

ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީއަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

  1. މަޤާމު: ކޭޝިއަރ

މުސާރަ: -/5100 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ / މާލެ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނެއް ފުރިހަމަކޮށްފައިވުން
  • ކޮމްޕިއުޓަރ ބޭނުންކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ
  • ގިނަވަގުތު މަސައްތަކަތުގައި އުޅެވުމާއި އަދި ޝިފްޓް ޑިއުޓީ އަދާކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެ

އެހެނިހެން އިނާޔަތްތައް:

  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/30ރ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  1. މަޤާމު: ސޭލްސް ޕަރސަން

މުސާރަ: -/4100 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ / މާލެ

ބޭނުންވާ އަދަދު: 02 (ދޭއް)

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނެއް ފުރިހަމަކޮށްފައިވުން
  • ގިނަވަގުތު މަސައްތަކަތުގައި އުޅެވުމާއި އަދި ޝިފްޓް ޑިއުޓީ އަދާކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެ

އެހެނިހެން އިނާޔަތްތައް:

  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/30ރ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކަސްޓަމަރުންނާއި މުޢާމަލާތްކުރުމާއި އަދި ކަސްޓަމަރުންނަށް އެހީތެރިވެދިނުން
  • ހަރުތަކުގައި މުދާ އެތުރުމާއި، އަދި މުދާ ލޭބަލް ކުރުން

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު ކޮޕީ)
  3. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ސުންގަޑި:

މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 17 ގެ 14:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު ކަސްޓަމްސްގެ މައިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

05 ޝައްވާލް 1437

11 ޖުލައި 2016
ހޯދާ