މަޤާމުގެ މަސްއޫލިއްޔަތު:
|
1- ހަވާލުކުރެވޭ ކޯސްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން މިގޮތުން:
- ފޮޓޯކޮޕީ ހެދުން
- ބޭނުންޖެހިއްޖެ ނަމަ ކިޔަވައިދޭން ބޭނުންކުރާ މެޓީރިއަލް ސްކޭން / ބައިންޑް ކުރުން
- ސްޓަޑީ މެޓީރިއަލް ޕެކްކޮށް، ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުން
- ދަރިވަރުންނާ ގުޅުން / އެސް.އެމް.އެސް ކުރުން
- ޕާޓްޓައިމް ލެކްޗަރަރއިންގެ ޓިކެޓް ބުކުކޮށް ދަތުރުގެ އެންމެހައި އިންތިޒާމު ހަމަޖެއްސުން
- ޕޭޝީޓް ހަދައި، ސީ.އޭ އަށް ފޮނުވުމާއި އޭގެ ފޮލޯއަޕް ހެދުން
- ބްލޮކް ކްލާސްތަކަށް ތައްޔާރުވުމުގައި ކޯސްކޯޑިނޭޓަރަށް އެހީތެރިވުން
- ޕާޓް ޓައިމް ލެކްޗަރަރ އިންގެ މާކްޝީޓް ހެދުން
- ކޯސް ކޯޑިނޭޓަރާ ގުޅިގެން ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުން
- ސަބްޖެކްޓް އިވެލުއޭޝަން ހެދުން
- ކުއްލިއަކަށް ދިމާވާ ކަންކަމުގައި ކޯސްކޯޑިނޭޓަރަށް އެހީތެރިވުން
- ދަރިވަރުން" ޖެމް" އާ ގުޅިގެން ހުށަހަޅާ މައްސަލަތައް ކޯސް ކޯޑިނޭޓަރުންނާ ގުޅިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
- އިމްތިޙާނުތައް އިންވިޖިލޭޓް ކުރުން.
- ހަފުތާ ބަންދާއި އެނޫނަސް ބަންދުގަޑިތަކުގައި ބާއްވާ ކްލާސްތަކާ ގުޅިގެން އޮފީސް ހުޅުވައިގެން އިނުން.
- ކަނޑައެޅޭ ތާވަލާ އެއްގޮތަށް ރަސްމީދުވަސްތަކުގައި އޮފީސް ހުޅުވައި ލެއްޕުން.
- ކެމްޕަސްތަކަށް ފޮނުވާ ތަކެތި ބޯޓްފަހަރަށް ލައި ފޮނުވުމާއި، ކެމްޕަސްތަކުން މާލެއަށް ފޮނުވާ ތަކެތި އޮފީހަށް ގެނައުން. ކުއްލިއަކަށް ދިމާވާ ކަންކަމުގައި މި ސެންޓަރު ހިންގަން ހުންނަ މީހަކު އަންގައި ކަންކަން ކުރުން.
|
އުޖޫރައާއި އިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.
http://mnu.edu.mv/images/downloads/Job%20Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓު:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
|