ދިވެހިރާއްޖެ
މަޤާމް :އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :1 | |
ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ. މަޤާމު: އޮފިސަރ މަޤާމުގެ ބާވަތް: 01 އަހަރުގެ ކޮންޓްރެކްޓް އަދަދު: 01 އަސާސީ މުސާރަ: -/4350ރ މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހެޑްއޮފީސް / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް އެހެނިހެން އިނާޔަތްތައް: * އިތުރު އެލަވަންސް: -/2000ރ އާއި -/2700ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ. * މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ. * މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު) މަޤާމްގެ މަސްއޫލިއްޔަތު: * މެޑިކަލް ޕަރޗޭސް ރިކްއިސިޝަންސް ތައްޔާރުކޮށް ފޮނުވުމާއި އަދި ތަކެތި ގެންގޮސްދިނުމާ ދޭތެރޭ ހިނގާ ހުރިހާ މަސައްކަތްތައް ކުރުން * އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން ތަޢުލީމާއި ތަޖުރިބާ: * ޖީސީއީ އޯލެވެލްގެ 2 މާއްދާ އަަދި އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހިން "ސީ" ފާހަށްވުރެ މަތިން ލިބިފައިވުން * މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ބޭނުންކުރަން އެނގުން * އިނގިރޭސި އަދި ދިވެހިބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން ސުންގަޑި: - މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. - އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ. ނޯޓު: އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ. މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ. ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޑްރެސް:
|