ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަންޖެހޭ ވަޒީފާއެކެވެ.
މަޤާމު |
ލޮޖިސްޓިކްސް އެންޑް އެކައުންޓްސް އޮފިސަރ |
މީހުން ބޭނުންވާ އަދަދު |
1 |
ކޮންޓްރެކްޓްގެ މުއްދަތު |
6 މަސްދުވަސް |
މުސާރަ |
-/8835 ރުފިޔާ |
ސަރވިސް އެލަވަންސް |
-/2000 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން |
މިނިސްޓްރީ އޮފް ހެލްތު |
ޑިވިޝަން / ސެކްޝަން |
ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު |
ތަޢުލީމާއި ތަޖުރިބާ |
އެކައުންޓްސް، ފައިނޭންސް، ބިޒްނަސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލު ކުރައްވާފައިވުން. ސަރވޭކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
މި ސާރވޭއާ ގުޅުންހުރި އެންމެހާ ފައިސާގެ މުޢާމަލާތުތައް، ގުޅުންހުރި ފަރާތްތަކާއެކު ރާވައި ހިންގުން. މި ސާރވޭއަށް ކަނޑައެޅިފައިވާ ފައިސާ ބޭނުންކުރެވޭ ގޮތުގެ ތަފުސީލު ބެލެހެއްޓުން. މި ސާރވޭއާ ގުޅިގެން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ކަނޑައެޅިފައިވާ ސުންގަޑިއަށް ނިންމައި ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން. މި ސާރވޭއަށް ފައިސާގެ އެހީ ދޭ އޭޖެންސީތަކަށް ފޮނުވަންޖެހޭ ޕީރިއޯޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުން. މި ސާރވޭގައި ކުރާ ދަތުރުތައް ރޭވުމަށް އެހީތެރިވުމާއި އަދި ދަތުރުތަކުގެ ފައިސާއާބެހޭ މުޢާމަލާތްތައް ބަލަހައްޓައި ހަމަޖެއްސުން މި ސާރވޭއަށް ބޭނުންވާ ތަކެތި ނަގައި، މިތަކެއްޗާ ބެހޭ މަޢުލޫމާތުތައް ގަވާއިދުން ބަލަހައްޓައި، ކޯޑިނޭޓްކުރުން. ސާރވޭ ކުރުމަށް ހިންގޭ ހަރަކާތްތައް ކަނޑައެޅިފައިވާ ސުންގަޑިއަށް ނިންމުމަށް މަސައްކަތްތައް ކޯޑިނޭޓްކުރުން. މި ސާރވޭއާ ގުޅުންހުރި އެންމެހާ މަސައްކަތްތައް މިޕްރޮޖެކްޓް ސީނިއަރ ޓީމާ ގުޅިގެން ހިންގުމުގައި އެހީތެރިވުން. |
މަސައްކަތް ކުރަންޖެހޭ ގަޑި |
ހެނދުނު 8:00 އިން 14:00 އަށް |
ޢިނާޔަތް |
އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސުންގަޑި |
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖުލައި 2016 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
ޖުލައިމަހުގެ ފަހުކޮޅުގައި ނުވަތަ އޮގަސްޓުމަހުގެ ކުރީކޮޅުގައި މިނިސްޓްރީ އޮފް ހެލްތު، ރޯޝަނީ ބިލްޑިންގގައި |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014330/3014437 އެވެ. |