ދިވެހިރާއްޖެ
މަޤާމް :ލޭބަރަރ | |
---|---|
ބޭނުންވާ އަދަދު :1 | |
ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ. މަޤާމު: ލޭބަރ ގރ 1 (1 އަހަރުދުވަހުގެ ކޮންޓްރެކްޓަށް) އަދަދު: 1 އަސާސީ މުސާރަ: -/3240ރ މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސްޓީއޯ މެޑިކަލް ވެއަރހައުސް އެހެނިހެން އިނާޔަތްތައް: * އިތުރު އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ. * ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ. * މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު). * ޕެންޝަން މަޤާމުގެ މަސްއޫލިއްޔަތު: * މުދާ ލޯޑުކުރުމާއި އަންލޯޑުކުރުން * ގުދަން ސާފުކުރުން * ހަރުތަކުގައި މުދާ އެތުރުން * މުދާ ދޫކުރުމުގައި އެހީތެރިވުން ތަޢުލީމާއި ތަޖުރިބާ: * ގްރޭޑް 7 ފުރިހަމަ ކޮށްފައިވުން * ދިވެހި އަދި އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގުން އެހެނިހެން ހުނަރު: * ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސަައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން * ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހެެއް ކަމުގައިވުން ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 17 ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ނޯޓް:
އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344179/3344368 ފެކްސް: 3344041 އީމެއިލް: [email protected] |