ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސިސްޓެއް ބޭނުންވެއްޖެ

މަޤާމް :ފާމަސިސްޓް
ބޭނުންވާ އަދަދު :1

މިކުންފުނީގެ ނަންބަރު 60-އޭޑީއެމް/122/2016 އިޢުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު: ފާމަސިސްޓް ގރ 1 (2 އަހަރުދުވަހުގެ ކޮންޓްރެކްޓް)

އަދަދު: 1

އަސާސީ މުސާރަ: -/4350ރ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސ.ފޭދޫ ފާމަސީ

މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުން

* ބޭސް ދޫކުރުން

* ހަރުތަކުގައި ބޭސް އެތުރުން

* ކޮންޓްރޯލް ޑްރަގްސްގެ ރިޕޯޓު ތައްޔާރުކުރުން

* މުއްދަތު ހަމަވާ ބޭސްތައް ބަލައި ރިޕޯޓު ތައްޔާރުކުރުން

ތަޢުލީމާއި ތަޖުރިބާ:
* އެޑްވާންސްޑް ސެޓުފިކެޓު އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް ގޮތުގައި -/1500ރ އާއި -/2450ރ އާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތަށް ހަޖައްސައިދެވޭނެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކުނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ.

* ގަޑި ނުޖެހި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100ރ އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 14 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑުއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑުއޮފީސް

ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345

ފޯން: 3344368/ 3344179 ފެކުސް: 3344041، ވެބްސައިޓު: www.sto.mv

އީމެއިލް އެޑުރެސް: [email protected]

05 ޖުލައި 2016
ހޯދާ