މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ

މަޤާމް :އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު:

އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ

މި މިނިސްޓްރީގައި އިންފޮމޭޝަން ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާތީ "އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ" މަޤާމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން "އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ" މަޤާމުގެ މަސްއޫލިއްޔަތާއި ފެންވަރު ނުވަތަ ޝަރުޠު އަދި ވަޒީފާއަށް ހޮވުމުގައި ބަލާނެ މުހިންމު މިންގަނޑުތައް، ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ފޮނުވާ ސީޓީއާއެކު ތިރީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) އަށް ފޮނުއްވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް).
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004340  ފެކްސް:3004301

އީ-މެއިލް: [email protected]   ވެބްސައިޓް: www.housing.gov.mv

6 ޝައްވާލް 1437

11 ޖުލައި 2016
ހޯދާ