މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

އެނިއުމަރޭޓާރސް (ސުވާލުދާރުން)

މުސާރައާއި އިނާޔަތްތައް

ދުވާލަކަށް -/300 ރުފިޔާ އަދި މީގެ އިތުރުން މަސައްކަތުގެ ގޮތުން ދޭންޖެހޭ އެހެނިހެން އިނާޔަތްތައް ދެވޭނެ ވާހަކަ ދަންނަވަމެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

އަތޮޅުތެރެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  2016

ބޭނުންވާ އަދަދު

ޖުމުލަ 30 ސުވާލުދާރުން.

ބޭނުންވާ މުއްދަތު

ސާރވޭގެ ޓްރެއިނިންގ ފެށިގެން ފީލްޑްގެ މަސައްކަތް ނިމެންދެން. (3 މަހާއި 5 މަހާ ދެމެދުގެ މުއްދަތަށް).

ޝަރުޠު

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އަދި އެސް.އެސް.އީ އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅޭދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އިންޓަރވިއު ކުރުމުގައި ބެލެވޭނެ ކަންތައްތައް

  1. އެކި މިޒާޖުގެ މީހުންނާއި މުޢާމަލާތު ކުރުމުގެ ޤާބިލުކަން.
  2. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުމުގެ ހުނަރު.
  3. އިސް ނަގައިގެން މަސައްކަތްކުރުމުގެ ހުނަރު.
  4. އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.
  5. ސުޕަވައިޒަރު ދޭ އިރުޝާދުގެ ދަށުން މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން.
  6. ބައިވެރިވެފައިވާ ސާރވޭތަކުގެ ތަޖުރިބާ.
  7. ގިނަ ދުވަސް ވަންދެން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގައި ފީލްޑް މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާނީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށުން ސާރވޭކުރުމަށް ގުރުއަތުން ހޮވޭ ގެތަކަކަށް ޒިޔާރަތްކޮށް އެ ގޭގައި ދިރިއުޅޭ ސާރވޭކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކާ ބައްދަލުކޮށް ކަނޑައެޅިފައިވާ އުސޫލުން ސުވާލުކޮށް މަޢުލޫމާތު އެއްކުރުމަށެވެ. 

މައިގަނޑު މަސައްކަތްތައް.

  1. މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގައި ބޭނުންކުރާ ގޭބިސީތަކުގެ ލިސްޓު އަދި ސާމްޕަލްގައިވާ ގޮތުގެ މަތިން ސާރވޭ ކުރަންޖެހޭ ގޭބިސީތައް ފާހަގަކޮށް އެ ގޭބިސީތަކުގެ ސުވާލުތައް ފުރިހަމަ ކުރުން.
  2. ސާރވޭގައި ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ ސުވާލު ކަރުދާސްތައް ފުރިހަމަކުރުން.
  3. ސާރވޭގައި ބައިވެރިވާ މީހުންނާ ސުވާލު ކަރުދާހުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ސުވާލުކުރުމާއި، ހުރިހާ ސުވާލެއް ފުރިހަމަ ކުރެވިފައިވޭތޯ ބަލައި ޗެކްކުރުމާއި އަދި އެކަމާބެހޭ ލިޔެކިއުންތައް ފުރިހަމަކުރުން.
  4. ސާރވޭ ފީލްޑުގައި މަސައްކަތް ކުރަމުންދާއިރު، ކޮންމެ ސުވާލުދާރަކު ވެސް މަސައްކަތްތައް ނިންމަމުންދާ ވަރަކުން އެ ސުވާލުދާރެއްގެ ސުޕަވައިޒަރާއި މަޢުލޫމާތު ހިއްސާކުރުން.
  5. ސާރވޭކުރުމުގެ މެނުއަލްގައި، ސާރވޭކުރުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން.

ނޯޓު

* ސުވާލުދާރުންނަށް ސާރވޭގެ ހުރިހާ ބައިތަކެއްގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ސާރވޭގެ ތަމްރީނުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. ސާރވޭގައި މަސައްކަތް ކުރެވޭނީ މި ތަމްރީނު ނިންމުމަށް ފަހުއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ފޯނު ނަންބަރު 3014330،3014335 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ނޯޓު

* ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް އީމެއިލްގެ ޒަރީއާއިން ގަބޫލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. ވީމާ އީމެއިލްގެ ޒަރީއާއިން ހިއްސާކުރައްވަން ތިރީގައި މި ދަންނަވާ އީ-މެއިލްއަށް ފޮނުވުން އެދެމެވެ.

[email protected]  *

ސުންގަޑި: 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

 

                                                                                                                    

10 ޖުލައި 2016
ހޯދާ