މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޮރުތައް އެލްމިނިއަމް ދޮރުތަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާގެ ދޮރުތައް އެލްމިނިއަމް ދޮރުތަކަށް ބަދަލުކުރުމާ ބެހޭ:

އަމިއްލަ ތަކެތީގައި މި އިދާރާގެ ދޮރުތައް އެލްމިނިއަމް ދޮރުތަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 13:30 އަށް މި މިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، މި މަސައްކަތް ކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 އޮގަސްޓު 01 ވާ ހޯމަ ދުވަހުގެ 13:30 ގައެވެ. އަންދާސިހިސާބު ހުށަހަޅާނީ މި އިދާރާއިން ދޭ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަދި އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމަށްފަހު، ހަމަ އެގަޑީގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައި އަންދާސީހިސާބު ކެނޑުން އޮންނާނެއެވެ. ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓަރިކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016
ހޯދާ