މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މިރަށު ޓާޓުލް ސްޓޭޑިއަމްގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1- ކަރަންޓް މީޓަރ ބޯޑު ވޯޓަރޕްރޫފް ފޮށްޓެއް ހަރުކުރުމަށްފަހު، ކަރަންޓް ނެޓްވާރކާ ގުޅައިދިނުން.

2- ސްޓޭޑިއަމްގެ ތެރޭގައި ފެންނެގޭނެގޮތަށް ވަޅެއް ފައްތައި އަދި މޯޓަރު ހަރުކޮށް، ކަރަންޓް ވައިރިންއާ ގުޅައިދީ، މޯޓަރ އަތްވާއި ވާރޭއިން ހިޔާވާގޮތް ހެދުން.

3- ސްޓޭޑިއަމަށް ފެންޖެހޭގޮތަށް ( ހަތަރުކަނަށް ހަތަރު އިސްކުރު ހަރުކޮށް ) ފެންވައިރިން އަޅައިދިނުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 21 ވާ  ބުރާސްފަތި ދުވަހުގެ 11:00 މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ޓާޓުލް ސްޓޭޑިއަމްގެ ކަރަންޓާއި ފެންވައިރިންގގެ މަސައްކަތް ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިންގރޫމުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

30 ރަމަޟާން 1437

05 ޖުލައި 2016
ހޯދާ