ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިންފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކޯޓުގެ ނަންބަރު 03/2016/N2C (07 އެޕްރީލް 2016) އިޢުލާނުގައިވާ އިންފާރު ރޭނުމުގެ މަސައްކަތަށް ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީއާއި، ކުރަންޖެހޭ މަސައްކަތަށް ބައެއް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާތީ، މިދެންނެވި އަންދާސީހިސާބުތައް ބާޠިލުކޮށް އެ މަސައްކަތްކުރުމަށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 14 ދުވަހުގެ 14:00 އަށް މި ކޯޓަށް، ނުވަތަ ތ. ވޭމަންޑޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 19 ވަނަ ދުވަހުގެ 14:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

02 ޝައްވާލް 1437

07 ޖުލައި 2016
ހޯދާ