ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޗެލެންޖް ކަޕް 2016 އިންތިޒާމުކޮށް، ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަކުނުދޫ ކައުންސިލް ޗެލެންޖް ކަޕް 2016 އިންތިޒާމުކޮށް، ހިންގައިދޭން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 11:00 އަށް މަކުނުދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

ރަޖިސްޓަރީކުރެވިފައިވާ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެފަރާތުން ތަމްސީލުކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއް ފަރާތެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުސޫލުން ރަޖިސްޓަރީކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކުހެއް ލިބޭ ފަރާތެވެ.

  1. ހުށަހަޅާފައިވާ އަގު ( 50 އިންސައްތަ )
  2. ޕްރޮޕޯޒަލް  ( 25 އިންސައްތަ )
  3. ތަޖުރިބާ   ( 25 އިންސައްތަ )

06 ޝައްވާލް 1437

11 ޖުލައި 2016
ހޯދާ