މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް، 4000 (ހަތަރުހާސް) އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުން

އިޢުލާން

ގެސްޓްހައުސް އެޅުމަށް ދޫކުރާ ބިމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދުމަށް:

މިރަށު ބޯޅަދަނޑުގެ ހުޅަނގު އުތުރު ކަންމަތިން ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް 4000 (ހަތަރުހާސް) އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.

ވީމާ، މިދެންނެވި ސަރަޙައްދުގައި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 13 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް ކުރިން ކޮށްފައިވާ ނަންބަރު 365CA/2016/35 (04 މޭ 2016) ގެ އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކުރެއްވި ފަރާތްތައް އެކަށީގެންވާވަރަށްވުރެ މަދުކަމަށް ފެންނާތީ އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

29 ރަމަޟާން 1437

04 ޖުލައި 2016
ހޯދާ