ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގެ
ދިވެހިރާއްޖެ
ގާރޑަނިންގ އެންޑް ލޭންޑް ސްކޭޕް މަސައްކަތްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ގާރޑަނިންގ އެންޑް ލޭންޑް ސްކޭޕް މަސައްކަތްކުރުމަށް ކޮންސަލްޓަންޓެއް ހޯދުން:

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ގާރޑަން އެންޑް ލޭންޑް ސްކޭޕް މަސައްކަތްކުރުމަށް ކޮންސަލްޓަންޓެއް ބޭނުންވެއެވެ.

މަޤާމް: ކޮންސަލްޓަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

އުޖޫރަ: މަހަކު -/7000 (ހަތްހާސް ރުފިޔާ)

ފެންވަރު ނުވަތަ ޝަރުޠު: ގާރޑަނިންގ އެންޑް ލޭންޑް ސްކޭޕުގެ ދާއިރާއިން ތަޢުލީމާއި މަސައްކަތު ތަޖުރިބާ ހުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ކަމާގުޅޭ ތަޖުރިބާއާއި ހުނަރު ހުރި މިންވަރު ބަޔާންކޮށްދެވޭނެ ލިޔުން ހުރިނަމަ، އެފަދަ ލިޔުންތަކުގެ އަޞްލު ނުވަތަ އަޞްލާ އެއްގޮތް ކޮޕީ.

- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖުލައި 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެއަށް ވަޒީފާއަށް އެދި ހުށަހެޅަންޖެހޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދަން ގުޅާނީ، 3322100 ނަންބަރު ފޯނަށެވެ.

28 ރަމަޟާން 1437

03 ޖުލައި 2016
ހޯދާ