އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޑިރެކްޓަރ (އީ.އެކްސް 1)

ބޭނުންވާ އަދަދު:

01 (އެކެއް)

ސެކްޝަން / ޔުނިޓް:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/8835 (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2000 (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/4000 (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެނަމަ ނުރަސްމީގަޑީގައިވެސް މަސައްކަތް ކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  1. އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަދުވެގެން 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، ހިންގުމުގެ ދާއިރާގައި (އިންފޮމޭޝަން ޓެކްނޮލޮޖީ) މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. (5 އަހަރުދުވަހުގެ ތަޖުރިބާގެ ތެރޭގައި ހިންގުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ގުނޭނެއެވެ.)
  3. ސޮފްޓްވެއަރ ޑިވޮލޮޕް ކުރުމުގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން.
  4. ޢުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  5. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  6. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- ސެކްޝަންގެ މަސައްކަތް ރާވައި، ހިންގައި އަދި މި ކަންކަން ކަށަވަރުކުރުން.

- ސެކްޝަނުގެ މަސައްކަތް ރޭވުމުގައި ޓާގެޓްތަކެއް ކަނޑައަޅައި އެކަންކަން ހާސިލުކުރެވޭ މިންވަރު ބެލޭނެ ނިޒާމެއް ހިމެނޭގޮތަށް މަސައްކަތް ރޭވުމާއި، ކުރިއަށް އޮންނަ އަހަރުގެ މަސައްކަތު ތާވަލެއް އެކަށައަޅައި އެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރެވެމުންދޭތޯ ކަށަވަރުކުރުން.

- ކޮމިޝަނުގެ އިދާރާ ތަރައްޤީކުރުމަށް ތަފާތު ޚިޔާލު ދިނުމާއި، ކަންކަން ކުރުމުގައި ބޭނުންކުރެވިދާނެ ގޮތްތަކާމެދު ޚިޔާލު ދިނުން.

- މަސައްކަތަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރުމާއި، ހަވާލުވެފައިވާ ޑިވިޜަންގެ މަސައްކަތުގައި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއެޅުން.

- ކުރިޔަށް އޮތް އަހަރު ކުރަން ރޭވިފައިވާ މަސައްކަތްތަކަށް ރިޢާޔަތްކޮށް ޑިވިޜަނާ ގުޅޭ ކަންތައްތައް ކުރުމަށް ބޭނުންވާ ބަޖެޓު ތައްޔާރުކޮށް ބަޖެޓް ސެކްޝަނަށް ކަނޑައެޅޭ މުއްދަތަށް ފޮނުވުން.

- އިންތިޚާބުތަކުގެ ވަގުތީ އަދި ދާއިމީ ނަތީޖާ ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން

ނޯޓު:

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތުގެ ތަޖުރިބާ ކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓު ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ. މަސައްކަތާ ނުގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޖުރިބާތައް ނުގުނޭނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ.

އިންތިޚާބުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

30 ރަމަޟާން 1437

ވަޒީފާއަށް ހޮވުމުގައި ބަލާ މިންގަނޑު

ތަފުސީލު

މާކްސް

ތަޢުލީމު

35 މާކްސް

މަސައްކަތުގެ ތަޖުރިބާ

20 މާކްސް

އިންޓަރވިއު

35 މާކްސް

ޢަމަލީ ޓެސްޓު

10 މާކްސް

 

100 މާކްސް

 ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމާއި އަދި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • މަސައްކަތުގެ ތަޖުރިބާ ބަލާނީ ސެޓުފިކެޓު ހާސިލު ކުރުމަށްފަހު ހޯދާފައިވާ ތަޖުރިބާއެވެ.
05 ޖުލައި 2016
ހޯދާ