މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށް ވޮލެންޓިއަރުން ހޯދުމާބެހޭ
އިޢުލާން
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށް ވޮލެންޓިއަރުން ހޯދުމާބެހޭ.
ތިރީގައި މިދަންނަވާ ޕްރޮފެޝަންތަކުން ވޮލެންޓިއަރުންގެ ގޮތުގައި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ވަގުތީގޮތުން މަސައްކަތްކޮށްދޭނެ ފަރާތްތައް ބޭނުންވެއެވެ.
ދާއިރާތައް:
- އޮޕްޓޮމެޓްރީ ޕްރޮފެޝަނަލެއް
- ރޭޑިއޯގްރާފަރ ޕްރޮފެޝަނަލެއް
- އޮކިއުޕޭޝަނަލް ޕްރޮފެޝަނަލެއް
- ސްޕީޗް ތެރަޕިސްޓް
- ސައިކޮލޮޖިސްޓް
- ކައުންސިލަރ
- ސޯޝަލް ވޯކަރ
ޝަރުޠުތައް:
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޓަކުން ގުޅުންހުރި ދާއިރާގެ މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން
- މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވުން
- މޯލްޑިވްސް ޕޮލިސް ސަރވިސްގައި ކުށުގެ ރެކޯޑެއް ނެތް ފަރާތެއް ކަމުގައިވުން
- ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާގަައި މަދުވެގެން 03 އަހަރުވެފައިވުން
- ކައުންސިލުން ކަނޑައަޅާ ޝަރުޠުތަކަކާއެކު އެއްބަސްވެވޭނެ ފަރާތެއް ކަމުގައިވުން
މަޤާމުގެ މަސްއޫލިއްޔަތު
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށް އަންނަ ޕްރީ ރަޖިސްޓްރޭޝަން އަދި ކޯސް އެޕްރޫވަލްތައް ބަލައި ޗެކް ކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް
- ސިޓީ
- ވަނަވަރު
- ތައުލީމީ ސެޓުފިކެޓުތައް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޖުރިބާ އެނގޭނެފަދަ ލިޔުމެއް
އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި ކައުންސިލްގެ ނަންބަރު 3014480 އިން ލިބިވަޑައިގަންނަވާނެއެވެ.
މި އިޢުލާނުގެ މުއްދަތު ހަމަވާނީ 17 ޖުލައި 2016 އާދީއްތަދުވަހުގެ މެންދުރުފަހުގެ 1:00 ގައެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށެވެ.
05 ޖުލައި 2016
ހޯދާ