ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހދ. ވައިކަރަދޫ މެޖިސްޓްރޭޓްކޯޓަށް ބޭނުންވާ ފަރުނީޗަރ ހޯދުމާބެހޭ

ހދ. ވައިކަރަދޫ މެޖިސްޓްރޭޓްކޯޓަށް ބޭނުންވާ ފަރުނީޗަރ ހޯދުމާބެހޭ

ހދ.ވައިކަރަދޫ މެޖިސްޓްރޭޓްކޯޓުގެ ބޭނުމަށް ތިރީގައި މިދަންނަވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2 ވަނަ ފަހަރަށް ކުރެވުނު ނަންބަރު:198-F/2016/84 އިޢުލާނާ ގުޅިގެންވެސް އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އަދަދު

އައިޓަމް

ތަފުސީލު

01

ކޮންފަރެންސް ޓޭބަލް

15 ފޫޓު ދިގު ކޮންފަރެންސް މޭޒެއް (މެލަމިން ފިނިޝިންގ)

03

އެގްޒެކްޓިވް ޓޭބަލް

5’6” ދިގު، ސައިޑް ޓޭބަލަކާއި، 3 ޑްރޯވަރސް

05

އެގްޒެކްޓިވް ޗެއަރ

ހައިބެކް އަތްގަނޑުލީ

30

ބެންކުއެޓް ޗެއަރ

ފެބްރިކް (އަތްގަނޑުނުލާ) އެލްމެނިއަމް ފްރޭމް

12

ވާރކް ސްޓޭޝަން

4 ފޫޓު ދިގު، 02 ފޫޓު ފުޅާ، 4 ފޫޓު އުސްމިނުގެ ޕާޓިޝަން، އަދި 04 ފޫޓު ދިގު، 02 ފޫޓު ފުޅާ މޭޒު، އަދި 03 ޑްރޯވާ

14

ސެކްރެޓަރީ ޗެއަރ

މީޑިއަމްބެކް އަތްގަނޑުލީ

5

ބެންޗް ޗެއަރ

4 ސީޓުގެ

މިކަމާބެހޭ މަޢުލޫމާތުޝީޓު މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން 3006213 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 13 ވާ ބުދަދުވަހުގެ 13:30އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ރަމަޟާން 1437

07 ޖުލައި 2016
ހޯދާ