ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

ރޭންކް:

އެމް. އެސް 3

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން

ސްޓްރެޓަޖިކް އެންޑް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/4000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2462/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

 

ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ސްޓްރެޓަޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް ޔުނިޓުގެ މަސައްކަތްތައް ހިންގާ ސުޕަވައިޒްކޮށް ބެލެހެއްޓުން. މިގޮތުން މުވައްޒަފުންނާއި މަސައްކަތް ހަވާލުކޮށް އެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުން.
  2. ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން.
  3. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ސްޓްރެޓަޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން. އަދި ސްޓްރެޓަޖިކް ޕްލޭން ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސްޓްރެޓަޖިކް ޕްލޭންގައިވާ ކަންތައްތައް މޮނިޓަރކޮށް ކޮންމެ ހަމަހަކުން ޕްރޮގުރެސް ރިޕޯޓެއް އެކުލަވާލައި ހުށަހެޅުން.
  4. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ދެނެގަނެ، ތަމްރީނުކުރުމަށް ބޭނުންވާ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  5. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިދާރާގެ ޓްރެއިނިންގ ރިކުއަރމަންޓް އެކުލަވާލުން.
  6. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަކީ އައި.އެސް.އޯ ސަރޓިފައިޑް ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލައި، އަދި އެކަންތައްތަކާއިބެހޭގޮތުން ކޮންމެ ހަމަހަކުން ރިޕޯޓެއް އެކުލަވާލައި ހުށަހެޅުން.
  7. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހިންގުމާއި އެއާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
  8. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުން.
  9. ސިވިލް ސަރވިސް ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  11. ކޮމިޝަނުގެ އިދާރާގެ ވަޒީފާތަކަށް ހޮވޭ މުވައްޒަފުން ވަޒީފާއަށް ތަޢާރަފު ކުރުމާއި އިދާރާގެ މަސައްކަތްތަކަށް އަހުލުވެރިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  12. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ވަޒީފާއާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި ސިޓީތަކަށް ސްޕަވައިޒަރުގެ ލަފާޔާއެކު ޖަވާބު ދިނުން.
  13. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީގެ ރެކޯޑު ބަލަހައްޓައި ސޮފްޓްވެއަރ ބެލެހެއްޓުމާއި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ޓެކްނިކަލް ބޭފުޅުންގެ އެހީ ހޯދުމުގެ މަސައްކަތްކުރުން. 
  14. ކޮމިޝަންގެ އިދާރާގެ އެޗް. އާރު. އެމް. ޑީ ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
  15. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  16. ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  17. ކޯޕަރޭޓް ސަރވިސަސްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  18. ކޮމިޝަނުގެ އަދި ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  19. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)  
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 ޖުލައި 31 އާއި 2016 އޮގަސްޓު 4 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

30 ރަމަޟާން 1437

05 ޖުލައި 2016
ހޯދާ