ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ގުދަނެއް އަޅައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި ގުދަނެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ލިޔުމަކުން އެކަން އަންގަންވާނެއެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު ( 18/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( 19/2014 ) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

10 ޖުލައި 2016 ( އާދީއްތަ ) ދުވަހުގެ 13:30 ގައި.

އަންދާސީހިސާބު ހުށަހެޅުން

20 ޖުލައި 2016 ( ބުދަ ) ދުވަހުގެ 13:30 ގައި.

ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާން ކުރީމެވެ.

30 ރަމަޟާން 1437

05 ޖުލައި 2016
ހޯދާ