މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފިނޭންސް ލިމިޓެޑަކީ، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކޮށް، ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ބޭރު ދުނިޔެއާ ގުޅުވައިދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މަޤާމު : އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު    : 1 (އެކެއް)

މާޤާމުގެ މަސްއޫލިއްޔަތުތައް:

  • ކުންފުނީގެ ރިސެޕްޝަން ބެލެހެއްޓުމާއި ކުންފުންޏަށް އަންނަ ތަކެތި ބަލައިގަނެ، އެންޓްރީ ބެލެހެއްޓުން.
  •  ކުންފުންޏަށް ވަންނަ ސިޓީތަކާއި ލިޔެކިއުންތައް އިސްވެރިއެއްގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން؛
  • ކުންފުނީގެ މީޓިންގތައް ހަމަޖައްސައި އެޖެންޑާ ތައްޔާރުކުރުމާއި، ޔައުމއްޔާ ލިޔުމާއި އަދި މީޓިންގތަކުގެ ރެކޯޑުތައް ބެލެހެއްޓުން؛
  • ކުންފުނީގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން؛
  • ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގައި މުވައްޒަފަކު ބަލިވެ ނުވަތަ އެހެންވެސް ސަބަބަކާހުރެ ނާދެވޭ ހާލެއްގައި ވަގުތީގޮތުން އެފަދަ މަސައްކަތް ކޮށްދިނުން؛ 
  • އޮފީސް އެސިސްޓަންޓް ޗުއްޓީގައި ހުންނަ ދުވަސްތަކުގައި އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތް ކޮށްދިނުން؛
  • މީގެ އިތުރުންވެސް ކުންފުނީގެ އެންމެހައި ސެކްރެޓޭރިއަޓް ބެލެހެއްޓުން.
  • ކުންފުނީގެ ސްޓޮކް ބެލެހެއްޓުމާއި ތަކެތި ދޫކުރުން؛
  • ކުންފުނީގެ މަސައްކަތްތަކައް ބޭނުންވާނެ ތަކެތި ހޯދުމުގެ އިދާރީ އެންމެހާ މަސައްކަތް ކުރުމާއި އެތަކެތި ލިބުމުން ސްޓޮކަށް ވެއްދުން؛

މަޤާމުގެ ޝަރުޠު:

  • ދާއިރާއާ ގުޅޭ ފީލްޑަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން އަދި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
  • މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން؛
  • ދިވެހި އަދި އިނގިރޭސިބަހުން ފަސޭހަކަމާއެކު މުޢާމަލާތުކުރަން އެނގުން،
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛

ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން،  2016 ޖުލައި 12 ވަނަ ދުވަހުގެ 13:00ގެ ކުރިން [email protected]  އަށް ސިީ.ވީ (ވަނަވަރު) ގުޅޭނެ ނަންބަރާއެކު ފޮނުވުން އެދެމެވެ.

 

މަޤާމު: އޮފީސް އެސިސްޓަންޓް

ބޭނުންވާ އަދަދު    : 1 (އެކެއް)

މާޤާމުގެ މަސްއޫލިއްޔަތުތައް:

  1. މި ކުންފުނިން ހަވާލުކުރާ އިންވޮއިސް، ސިޓީ، ޑޮކިއުމަންޓްސް ފަދަ ތަކެތި ބެހުމަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ދިއުމާއި، އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުން.
  2. އޮފީސް އިމާރާތާއި، ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެތި ސާފުކޮށް ބެހެއްޓުން؛
  3. އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތްް ކޮށްދިނުން؛
  4. ކުންފުނިން އެ ވަގުތު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުނ.ް

މަޤާމުގެ ޝަރުޠު:

  1. ގްރޭޑް 8 ފުރިހަމަކޮށްފައިވުމާއެކު މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރީބާ ލިބިފައިވުން؛
  2. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަންކިޔަން ދަންނަ ފަރާތަކަށްވުން؛
  3. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛
  4. ސައިކަލް ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން؛

ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން،  2016 ޖުލައި 12 ވަަނަ ދުވަހުގެ 13:00ގެ ކުރިން [email protected]  އަށް ސިީ.ވީ (ވަނަވަރު) ގުޅޭނެ ނަންބަރާއެކު ފޮނުވުން ނުވަތަ މި ކުންފުނީގެ އެޑްރެހަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަންބޭނުންފުޅުވާނަމަ 3300023 އަށް ގުޅުއްވުމަށް އެދެމެވެ.

ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް

މޫކާއި ސޫޓްސް، ތިންވަނަ ފަންގިފިލާ، ހަވީރީ ހިންގުން

މާލެ، ދިވެހިރާއްޖެ

04 ޖުލައި 2016
ހޯދާ