މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ރެދަން އެގްޒެބިޝަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

"ރެދަން" އެގްޒެބިޝަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، މި ތަކެތި ވިއްކުމާއި، ވިއްކާނޭ މަގު ތަނަވަސްކޮށްދިނުމާއި، މިކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން "ރެދަން" ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި މައުރަޒު ކުރިޔަށް ގެންދިއުމަށް ރާވާފައި ވަނީ 2016 އޮގަސްޓު މަހުގެތެރޭގައެވެ.

ވީމާ، މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރުމަށްފަހު 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މާލޭގައިނަމަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއަށް އަދި އަތޮޅުތެރޭގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ މެދުވެރިކޮށް މި މިނިސްޓްރީއަށް ފޮނުއްވުމަށް ދަންނަވަމެވެ.

މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުންނާއި، ރަށު ކައުންސިލްތަކުންނާއި، މިމިނިސްޓްރީގެ ވެބް ސައިޓް www.mlg.gov.mv  އިން ލިބެން ހުންނާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3027557 ފޯނުން ޑިސްއެބިލިޓީ ޑިވިޜަނަށް ގުޅުއްވުން އެދެމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016
ހޯދާ