ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ވަޒީފާގެ ފުރުޞަތު

ސަތޭކަ އިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ، ހަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން، އެމަޤާމުތަކުގެ މަސްއޫލިއްޔަތާއި ފެންވަރު ނުވަތަ ޝަރުޠު އަދި ވަޒީފާއަށް ހޮވުމުގައި ބަލާނެ މުހިންމު މިންގަނޑުތައް މި އިޢުލާނާ އެކުގައި އެޓޭޗްކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) ގައި ބަޔާންކުރެވިފައިވާނެއެވެ.

1- ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސް

2- ހެޑް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް

3- ކޮމްޕެނީ ސެކްރެޓަރީ އެންޑް ހެޑް އޮފް ލީގަލް

4- ހެޑް އޮފް ޝަރީޢާ ކޮމްޕްލަޔަންސް އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް

ވީމާ، ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ މަތީގައި ދެންނެވިފައިވާ މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް (ސީވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސަނަދުތައް) 14 ޖުލައި 2016ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އައު އިމާރާތުގެ ތިންވަނަ ފަންގިފިލާއަށް ނުވަތަ [email protected] އަށް ފޮނުއްވުން އެދެމެވެ.

03 ޖުލައި 2016
ހޯދާ