އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓް ޑޯ ޖިމް ސެޓް އަދި ބެންޗް ހޯދުމަށް

އިޢުލާން

އައްޑޫސިޓީގެ އަވަށްތަކަށް އައުޓް ޑޯ ޖިމް ސެޓް އަދި ބެންޗް ހޯދުމަށް

އައްޑޫސިޓީގެ އަވަށްތަކުގައި ބެހެއްޓުމަށް އައުޓް ޑޯ ޖިމް ސެޓް އަދި ބެންޗް ހޯދަން ބޭނުންވެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި މިއިދާރާއަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖުލައި 2016 ވާ ހޯމަދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ޖުލައި 2016 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

23 ރަމަޟާން 1437

29 ޖޫން 2016
ހޯދާ