މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
އިލެކްޓްރިސިޓީ ވިއުގަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން  

މިމަދަރުސާގެ އިލެކްޓްރިސިޓީ ވިއުގަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުން 2016 ވަނަ އަހަރު ކުރެވޭ މަރާމާތުގެ ތެރެއިން އިލެކްޓްރިސިޓީ ވިއުގަރ މަރާމާތުކޮށްދިނުމަށް 27 ޖޫން 2016 ވީ ހޯމަ ދުވަހު ކުރެވުނު ނަންބަރު GS78/IULAAN/2016/16 އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ބޭފުޅަކު ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ. މަޢުލޫމާތުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ހުށަހެޅޭނީ ގަޑިއަށް ހާޒިރުވާ ފަރާތްތައް އެކަންޏެވެ. މިއީ މިމަސައްކަތަށް ކުރެވޭ ތިންވަނަ އިޢުލާނެވެ.

މަޢުލޫމާތު ސާފުކުރުން ފެށޭ ގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

10 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 13:00  

17 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

04 ޖުލައި 2016
ހޯދާ