ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ މަރުކަޒު ހުރި ބިން ކުއްޔަށް ދިނުމަށް

އިޢުލާން

އަންހެނުންގެ މަރުކަޒު ހުރި ބިން ކުއްޔަށް ދިނުމަށް

މިރަށު ބަރާސިލު އަވަށުގެ އަންހެނުންގެ މަރުކަޒު ހުރި ބިން ކުއްޔަށް ދިނުމަށް ކުރެވުނު މިއިދާރާގެ ނަންބަރު 401-IUL(AD)/2016/28 (04 މޭ 2016) އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖުލައި 2016 (ހޯމަ) ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޖުލައި 2016 (އާދީއްތަ) ދުވަހުގެ 13:30 އަށް މިއިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

29 ރަމަޟާން 1437

05 ޖުލައި 2016
ހޯދާ