ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ޗާޕުކުރާ

މަޤާމު:               ޗާޕުކުރާ

ބޭނުންވާ އަދަދު:          1

ކްލެފިކޭޝަން އަދި ރޭންކް:   އެސް.އެސް. 5

ފެންވަރު ނުވަތަ ޝަރުތު: 

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މުސާރަ: -/4865ރ

ސަރވިސް އެލަވަންސް: -/1000ރ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:  

* ހާސިލުކޮށްފައިވާ ތަޢުލީމާ ތަމްރީނަށް ބަލައިގެންނާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން އަދި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން    

ކުރަންޖެހޭ މަސައްކަތް: ސްކޫލުގެ ކިޔަވައިދިނުމާ ގުޅޭ ލިޔެކިޔުންތައް ޗާޕު ކުރުމާއި ފޮޓޯކޮޕީ ނެގުން އަދި މީގެ އިތުރުން އޮފީހުން ހަވާލުކުރެވޭ ކިޔަވައިދިނުމާ ގުޅުންހުރި އިދާރީ މަސައްކަތްކުރުން.  

- ހުށަހަޅަންޖެހޭ ތަކެތި: 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (ވަޒީފާއަށް އެދޭ ފޯމު ސްކޫލް ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ސްކޫލުގެ ވެބްސައިޓް thaajuddeenschool.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފު ކޮޕީއެއް
  • ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ނަންބަރާއެކު)

ވަޒީފާ އަދާކުރަންޖެހޭ ތަން:  ތާޖުއްދީން ސްކޫލް

ވަޒީފާއަށް މީހުން ހޮވުމަށް ކުރެވޭ އިންޓަރވިއު: މި އިޢުލާނަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަރވިއު/ޕްރެކްޓިކަލް އޮންނާނީ އިޢުލާނަށް މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ތާޖުއްދީން ސްކޫލުގައެވެ. އެފަރާތްތަކަށް ތާރީޚާއި ގަޑި އެންގޭނެއެވެ.

ސުންގަޑި: މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 13 ޖުލައި 2016 ދުވަހުގެ 2:30 ގެ ކުރިން ސްކޫލްއޮފީހަށް ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅުއްވާ ލިޔުންތައް ހުށަހަޅުއްވާނީ ތާޖުއްދީން ސްކޫލުގެ ކައުންޓަރަށެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް: 3317318 ނަންބަރާ ގުޅުއްވުން އެދެމެވެ.

30 ޖޫން 2016
ހޯދާ