ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑީސަލް އުފުލައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ޑީސަލް އުފުލައިދޭނެ ފަރާތެއް ހޯދުމާބެހޭ:

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، ގދ.ރީޖަންގެ ބްރާންޗްތަކަށް ބޭނުންވާ ޑީސަލް އުފުލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ގދ. ތިނަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ގދ. ތިނަދޫ ބްރާންޗަށެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލާމަތަށްޓަކައި ދެންނެވީމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016
ހޯދާ