ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް މަރާމާތުކުރުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިރަށު މަސްޖިދުލްއިޢުތިޒާޒު މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރޭޝަން ސެޓުފިކެޓު ގެންނަންވާނެއެވެ. ކުންފުނި/ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުއްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ކުންފުނި/ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއަކާއެކު ކުންފުނި/ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ރަމަޟާން 1437 

30 ޖޫން 2016
ހޯދާ