ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދޮރު ހަދައި ދޮރު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަދަރުސާގައި އަލަށް ޢިމާރާތްކުރަމުންގެންދާ 8 ކްލާސްރޫމުގެ 2 ބުރި އިމާރާތުގެ ގްރައުންޑްފްލޯގެ ދޮރުތައް، އަމިއްލަ ތަކެތީގައި ހަދައި ދޮރުތައް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މަދަރުސާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭނެގޮތް

އަގަށް: %80

މުއްދަތަށް: % 10

ތަޖުރިބާ:  % 10

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ކުރާ މުޢާމަލާތްތައް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއ ފަރާތެއްގެ ނަމުގައެވެ. އަންދާސީހިސާބުތައް ކަނޑާނީ، އަންދާސީހިސާބު ނުވަތަ ބިޑް ހުށަހަޅުއްވާ ބޭފުޅުންގެ ތެރެއިން ހާޒިރުވާ ހުރިހާ ބޭފުޅުންގެ ހާޒިރުގައި ކަނޑައެޅިފައިވާ ސުންގަޑީގައެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

25 ރަމަޟާން 1437         

30 ޖޫން 2016
ހޯދާ